ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/54
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 09:50
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭގެ އިހްތިސާސްގައި ހިމެނޭ ސަރަޙައްދުތަކުން ކަށި ވެއްޔާއި، އަކިރި ނެގުން މަނާ ކުރުން

ކޮނޑޭ އިރު ދެކުނު ފަރާތު ކުލި ހިމެނޭ ސަރަޙައްދުން ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން މަނާ ކުރެވިފައިވާ ކަމެއްކަމުގައިވާ އަކިރިއާއި، ކަށިވެލި ނަގަމުންދާ ކަމުގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ.

 ވީމާ، މި ކަމަކީ ޤާނުނު ނަންބަރު 93/4 ( ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން މަނާ ކުރެވި، ގަވާއިދު ނަންބަރު 2012/R-9 ( ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކުށަކަށްވުމުން ކޮނޑޭގެ އިހްތިސާސް ހިމެނޭ އެއްވެސް ސަރަޙައްދަކުން ދޮންވެއްޔާއި، ކަށިވެއްޔާއި، އަކިރި ނުނެގުމަށް އިލްތިމާސް ކުރަމެވެ. އަދި މި ފަދަ ކުށެއް އެއްވެސް ފަރާތަކުން ކުރާނަމަ އެފަރާތަކާއި މެދު ފިޔަވަޅު އެޅޭކަން އަންގައި އިޢުލާން ކުރަމެވެ.

11 އޮގަސްޓް 2024