ދިވެހިރާއްޖެ
ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމް ޑިސެންބަރު 2014 އާ ގުޅޭ |
'ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އޮންގޮއިން - ޑިސެންބަރު 2014 ގެ ދަށުން ލޯނުއެހީގެ ފުރުޞަތު ލިބި، މިފުރުޞަތުގެ ބޭނުން ހިފާފައިނުވާ ދަރިވަރުންނަށް މިފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި އިތުރު 1 މަސްދުވަހުގެ މުއްދަތެއް ދޭންހަމަޖެހިފައިވާތީ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މި ދެންނެވުނު ދެ ސްކީމްގެ ދަށުން އެހީ ލިބި، މިހާތަނަށް އެ އެހީގެ ބޭނުން ހިފާފައިނުވާ ދަރިވަރުން، 30 ޖޫން 2015 ގެ ކުރިން، މިއެހީގެ ބޭނުން ކުރުމަށް ދެންނެވީމެވެ. އަދި އިތުރު ކުރެވުނު މުއްދަތުގެ ތެރޭގައި މި އެހީ ބޭނުން ކުރައްވާފައިނުވާނަމަ ލޯނު އެހީގެ ފުރުޞަތު ބާޠިލުވާނެއެވެ. މިފުރުޞަތު ދެވިފައިވަނީ ފުރުޞަތު ހޯދުމަށް ހުށަހެޅިއިރު ހަދަމުންދިޔަ ކޯހުގެ ބާކީ ބަޔަށް ޚަރަދުކުރުމަށެވެ. ވީމާ، ފޯމު ހުށަހެޅުއްވިއިރު ފޯމުގައި ބަޔާންކުރައްވާފައިވާ ކޯސް މިހާރު ނިމިފައިވާ ފަރާތްތަކަށް އަދި ބަޔާންކުރެވިފައިވާ ކޯސް ނޫން އެހެން ކޯހެއް ފުރިހަމަކުރުމަށް ލިބިފައިވާ ފުރުޞަތު ބޭނުންނުކުރެވޭނެ ވާހަކަވެސް ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341388, 3341376، 3341381 އާ ގުޅުއްވުން އެދެމެވެ. |