ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2015/08
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:51
ސުންގަޑި: 07 ޖޫން 2015 12:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާޑް

އިޢުލާން

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ސެކިއުރިޓީ ގާޑް

ބޭނުންވާ ޢަދަދު:

02 (ދޭއް)

މުސާރަ:

-/4،080 (ހަތަރުހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1،500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

މިކޯޕަރޭޝަންގެ ހެޑް އޮފީސް އަދި ގައު ކޮށީގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ހެޑް އޮފީސް ތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން
  • ޑިއުޓީ އުސޫލުން ހެޑް އޮފީހުން އަންގާ ސަރަހައްދުތަކު ގައި ސެކިއުރިޓީ ބެލެހެއްޓުން.
  • ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދަށް ވަދެ ނިކުމެއުޅޭ ހުރިހާ ފަރާތެއްގެ ލޮގް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލާ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.

ވީމާ، 07 ޖޫން 2015 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

09 ޝަޢުބާން 1436

27 މޭ 2015