ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475-Planning/475/2024/137
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 14 އޮގަސްޓް 2024 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ޤައުމީ ދިރާސާ ކައުންސިލް" އަށް މެންބަރުން ޢައްޔަނުކުރުން

އިޢުލާން

 

"ޤައުމީ ދިރާސާ ކައުންސިލް" އަށް މެންބަރުން ޢައްޔަނުކުރުން

 

"ޤައުމީ ދިރާސާ ކައުންސިލް" އަކީ ދިވެހިރާއްޖޭގައި ޢިލްމީ ދިރާސާތައް ކުރުމާއި، އޭގެ އަލީގައި ފިކުރީމުދާ އުފެއްދުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި، މިނިސްޓަރ  އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އެކުލަވައިލާ، 9 މެންބަރުންގެ މައްޗަށް ހިމެނޭ ކައުންސިލެކެވެ. މި ކައުންސިލްގެ މެންބަރުންނަކީ "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އެކުލަވައިލާ، ޤައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ ވެސް މެންބަރުންނެވެ. ތިރީގައި މިދަންނަވަނީ މ ކައުންސިލްގެ މަސައްކަތްތަކެވެ.

  • ޤައުމީ ދިރާސާ ފަންޑުގެ ބޯޑް އޮފް ޓްރަސްޓީސްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން؛
  • ފަންޑުން ޚަރަދުކޮށްގެން ދިރާސާ ކުރާނެ ދާއިރާތައް ކަނޑައެޅުމާއި އެދާއިރާތައް ކަނޑައެޅުމުގެ މިންގަނޑުތައް އެކުލަވާލައި ޝާއިޢުކުރުން.
  • ފަންޑުން ފައިސާ ދޫކުރާނޭ ހަމަތަކެއް ޤާއިމްކޮށް ތަންފީޒުކުރުން؛
  • ދިވެހިރާއްޖޭގައި ކުރެވޭ ދިރާސާތަކުގެ ފެންވަރާއި މިންވަރު އިތުރުކުރުން؛
  • ދިރާސާތަކުގެ ފެންވަރު ވަޒަންކުރާނޭ ޤައުމީ މިންގަނޑުތައް ކަނޑައަޅުން؛
  • ފަންޑަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް ވަޒަންކުރާނޭ ނިޒާމެއް އެކުލަވާލުން؛
  • ދިވެހިރާއްޖޭގެ ސައިންޓިފިކް ވަސީލަތްތަކާއި، ރިސާޗް މަސައްކަތްތަކާއި، ސައިންސްގެ ތަޞައްވުރު ފުޅާކޮށް، އެ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
  • ފަންޑު ދިރުވައި ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛
  • ޤައުމީ ދިރާސާ ޑޭޓާބޭސް ޤާއިމްކުރުން؛
  • ކައުންސިލްގެ ހިންގުމާއި، ކައުންސިލްގެ ދަށުން އެކުލަވާލާ ކޮމެޓީތައް ކަނޑައެޅުމާއި، ކޮމެޓީގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ ގަވާއިދު ހެދުން؛
  • އެކިއެކި ޢިލްމީ ދިރާސާތައް ކުރުމުގައި ހިފަހައްޓަންޖެހޭ އަޚްލާޤީ (އެތިކްސް) މިންގަނޑުތައް ކަނޑައަޅައި އޭގެ ގަވާއިދު އެކުލަވައިލުން.
  • ކައުންސިލްގެ ސެކްރެޓޭރިއޭޓްގެ މަސައްކަތް މިނިސްޓަރުގެ ލަފަޔާއެކު ކަނޑައެޅުން.

މި ކައުންސިލްގެ މެންބަރުންގެ ތެރޭގައި:

(1)      ދިވެހިރާއްޖޭގައި ދިރާސާކުރުމުގެ ދާއިރާގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 2 ފަރާތެއް،

(2)      ރާއްޖޭގެ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ހިމަނަން ކަނޑައެޅިފައި ވެއެވެ.

ދިރާސާކުރުމުގެ ދާއިރާގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ ދެ މެންބަރުން ހޮވުމުގައި ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ ދިރާސާގެ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓްކުރެއްވި މެންބަރު ރިސާޗް މަސައްކަތްތަކުގައި އުޅުއްވާފައިވާ މިންވަރަށް ބެލޭނެއެވެ.

ރާއްޖޭގައި އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުން ނޮމިނޭޓް ކުރާ 1 މެންބަރު ހޮވުމުގައި، ނޮމިނޭޝަން ހުށަހަޅުއްވާ މުއައްސަސާއަކުން ކޮށްފައިވާ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގެ މިންވަރާއި ނޮމިނޭޓްކުރެއްވި މެންބަރު އެފަދަ މަސައްކަތްތަކުގައި އުޅުއްވާފައިވާ މިންވަރަށް ބެލޭނެއެވެ.

މި ކައުންސިލަށް މެންބަރުން އައްޔަނުކުރައްވާނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓެވެ.

 

ވީމާ، މި ދެންނެވި ދެ ދާއިރާއިން 3 މެންބަރުން އައްޔަނުކުރުމަށްޓަކައި، ނޮމިނޭޝަންތައް ފޮނުއްވާ މުއައްސަސާތަކުން ކުރައްވާފައިވާ، ކަމާ ގުޅޭ މަސައްކަތްތަކުގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއެކު ނޮމިނޭޓްކުރައްވާ ޤާބިލު ފަރާތްތަކުގެ މަޢުލޫމާތު (ނަން، މަޤާމު، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް، އަދި ސީވީ)، 14 އޮގަސްޓް 2024 ވާ ބުދަދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް: [email protected] އަށް ފޮނުއްވުން އެދެމެވެ.

08 އޮގަސްޓް 2024