ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)357/357/2024/42
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 19 އޮގަސްޓް 2024 12:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

1. ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 70 ވަނަ މާއްދާ "ކައުންސިލުތަކުން ވިޔަފާރިކުރުން" އިން ކައުންސިލަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ދެންނެވި މާއްދާގެ (ރ) އާއި (ބ) އަދި 1-70 ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު، ޤަވާއިދު ނަންބަރު: 2021/R-49 (ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު) ގައިވާ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން،  އުފެއްދުމަށް ކައުންސިލުން އިޤްރާރުވެފައިވާ "ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނި" ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަން ކުރުމަށް، ބޯޑުގެ ތިރީގައި ދެންނެވިފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

#

މަޤާމު

ބޭނުންވާ ޢަދަދު

1

އެގްޒެކެޓިވް ޑިރެކްޓަރު (މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު)

1

2

މިނިވަން ޑިރެކްޓަރު

1

 

2. މުސާރައާއި ޢިނާޔަތްތައް

(ހ)  އެގްޒެކެޓިވް ޑިރެކްޓަރު ގެ މުސާރައަކީ މަހަކު 10،0000.00 (ދިހަހާސް)  ރުފިޔާއެވެ. އަދި މީގެ އިތުރުން ލިވިން އެލަވަންސާއި އެހެނިހެން ޢިނާޔަތްތަކުގެ ގޮތުގައި މަހަކު 10،0000.00 (ދިހަހާސް) ރުފިޔާ ލިބޭނެއެވެ.

(ށ) މިނިވަން ޑިރެކްޓަރު : އެޖެންޑާކުރެވިގެން ބާއްވާ ކޮންމެ ބޯޑުބައްދަލުވުމަކަށް 500.00 (ފައްސަތޭކަ) ރުފިޔާގެ ރޭޓުން މަހަކަށް ގިނަވެގެން 04 (ހަތަރެއް) ބައްދަލުވުމަށް ސިޓިން އެލަވަންސެއް ދެވޭނެއެވެ.

3. ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑަށް ޑިރެކްޓަރުން ހޮވާނީ މަތީގައި (1. ވަނަ ނަންބަރުގައި) ހަވާލާދެވިފައިވާ ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

4. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަތީގައި (1. ވަނަ ނަންބަރުގައި) ހަވާލާދީފައިވާ ގަވާއިދުގައި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮޕަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުޠުތައް ފުރިހަމަވާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ "ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު" (01/221/2022އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތަށް ފުރިހަމަވާ ފަރާތްތަކެއްކަމުގައި ވާންވާނެއެވެ.

5. ތިރީގައި ބަޔާންކުރެވިފައިވާ އެވަނީ (1. ވަނަ ނަންބަރުގައި) ހަވާލާދެވިފައިވާ ގަވާއިދުގައި ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުޠުތަކެވެ.

ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ ޝަރުޠުތައް

ޢާންމު ޝަރުޠުތައް (މި ޝަރުޠުތަކަކީ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުންނަށް ޢާންމު ޝަރުޠުތަކެކެވެ.)

(ހ) ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކުކަމުގައިވުން.

(ށ) ބުއްދި ސަލާމަތުން ހުރުން.

(ނ) ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކު ކަމުގައިވުން.

(ރ) ޖިނާޢީ ކުށެއް ސާބިތުވެ، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 (ތިނެއް) އަހަރު ވެފައިވުން.

(ބ) މި ޝަރުޠުތަކުގެ (ރ) ގައި އެހެން އޮތްނަމަވެސް، ވައްކަމާއި، ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ދަށްވެގެން މަތީޘާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުމާއިއެކު، 02 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ކ) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން.

(އ) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި، ނުވަތަ ވިޔަފާރިކުރުމަށް ހުށަހަޅާ ސިނާޢަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން.

(ވ) ރަޖިސްޓްރާ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީޏް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

ޚާޢްޞަ ޝަރުޠުތައް (މި ޝަރުޠުތަކަކީ ވަކި ވަކި ޑިރެކްޓަރުންނަށް ޚާއްޞަ ޝަރުޠުތަކެކެވެ.)

އެގްޒެކެޓިވް ޑިރެކްޓަރ

މިނިވަން ޑިރެކްޓަރ

(މ) ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހާ މަސްޢޫލިއްޔަތު އަދާކުރަމުން އަންނަ، ނުވަތަ އަދާކުރުމަށް ހަމަޖެހިފައިވާ ފަރާތްކަމުގައިވުން.

(މ) ވޭތިވެ ދިޔަ 02 (ދޭއް) އަހަރުގެ ތެރޭގައި މިކައުންސިލުގެ ދާއިމީ ވަޒީފާއެއްގައި ހުރެފައިވާ ފަރާތަކަށް ނުވުން.

 

(ފ) (މ) ވޭތިވެ ދިޔަ 02 (ދޭއް) އަހަރުގެ ތެރޭގައި މިކައުންސިލަށް އެއްވެސް ހައިސިއްޔަތަކުން އެއްވެސް ބާވަތެއްގެ ޚިދުމަތެއް ދެމުން އަންނަ ފަރާތަކަށް ނުވުން.

 

6. މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދޭ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަށް ފުރިހަމަކުރެއްވުމަށްފަހު، 2024 އޮގަސްޓް 19 ވާ ހޯމަ ދުވަހުގެ 1200 ކުރިން މި ކައުންސިލްގެ އީ-މެއިލް [email protected]  އަށް ނުވަތަ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން  އެދެމެވެ.             

7. މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތައް، ކައުންސިލުން އެކުލަވާލާ ކޮމެޓީން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ 2024 އޮގަސްޓް 25 އާއި 2024 އޮގަސްޓް މަހުގެ 29 އާއި ދެމެދުއެވެ. އަދި ޝޯޓްލިސްޓްކުރެވި އިންޓަވިއުކުރެވުނު ފަރާތްތަކުގެ ނަންތައް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުގެ ރަސްމީ ބައްދަލުވުމަކަށް ހުށަހަޅައި، ބައްދަލުވުމުގައި މެންބަރުން ކަނޑައަޅާގޮތެއްގެ މަތީން، ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރެވޭނެއެވެ.

8. ވ.ފުލިދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު، މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި އިދާރާއިން ލިބެންހުނާނެއެވެ.  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700603،9393603 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ  [email protected] އަށެވެ.

 

08 އޮގަސްޓް 2024