ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 14-E1/1/2024/82
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 19 އޮގަސްޓް 2024 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1 ގެ މަޤާމަށް މީހުން ހޯދުމާބެހޭ

 މަޤާމު

 ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

 ބޭނުންވާ އަދަދު

 މާލެ އޭރިޔާގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތައް: 02 (ދޭއް)

 މުސާރަ

 -/4,000 (ހަތަރުހާސް) ރުފިޔާ

 މަޤާމުގެ ބާވަތް

 މި މަޤާމަށް މީހުން ހޮވާނީ 1 (އެކެއް) އަހަރު ދުވަހުގެ   މުއްދަތަށެވެ.  އަދި މި މަޤާމަށް ހޮވޭ މީހުންގެ އެއް އަހަރުދުވަހުގެ   ޕާފޯމަންސަށް ބަލައި، ޕާފޯމަންސް ރަނގަޅުނަމަ ވަޒީފާ ދާއިމީ   ކުރެވިދާނެއެވެ.

 އިތުރު އިނާޔަތްތައް

  • ނޮން-ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 -/1,400 (އެއްހާސް ހަތަރުސަތޭކަ) ރުފިޔާ
  • ސަރވިސް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާ
  • ކޮއްތުފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 (ފަސްދޮޅަސް) ރުފިޔާ
  • ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް މިނިމަމް ވޭޖް އެލަވަންސް
  • ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް

 އާންމުކޮށް ވަޒީފާ   އަދާކުރަންޖެހޭ ތަން

 ކަސްޓަމްސްގެ އޮފީސްތަކާއި ކަނޑައަޅާ ތަންތަން

 މަޤާމުގެ ޝަރުޠު

 

 

 

 

  • ލިޔަންކިޔަން ދަތުން
  • މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • މީގެ އިތުރުން ކަސްޓަމްސްއިން ކަނޑައަޅާ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓުން ފާސްވުން

 އިސްކަން   ދިނުމުގައި     ބަލާނެ ކަންތައްތައް

  • އެއްގަމު އުޅަނދު ދުވުމުގެ ލައިސަންސް (B2 ކެޓަގަރީ) އޮންނަ އަދި އުޅަނދު ދުއްވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ

 މަޤާމުގެ   މައިގަނޑު   މަސްއޫލިއްޔަތު

  • ސަޕޯޓް ސަރވިސް އޮފިސަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  • ކަސްޓަމްސްގެ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުން
  • އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގައި މަސައްކަތްކުރުމާއި ސާފުކޮށް ބެލެހެއްޓުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

 ހުށަހަޅަންޖެހޭ   ލިޔުންތައް

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)، ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ނުވަތަ ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހައިފައިވާ ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން މި ސަރވިސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  • މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް
  • ކަނޑާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްނަމަ، ލައިސަންސް ކޮޕީ

 ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންވާނީ 19 އޮގަސްޓް 2024 (ހޯމަ) ވަނަ   ދުވަހުގެ 14:00 ގެ ކުރިން މި ސަރވިސްގެ ވެބްސައިޓްގައިވާ   "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރި ކޮށެވެ. ރެކްރޫޓްމަންޓް ޕޯޓަލްގެ   ލިންކް ތިރީގައިއެވަނީއެވެ.

 "Recruitment Portal"

 (https://www.customs.gov.mv/recruitment/OTPVerification)

       ވަޒީފާއަށް އެދި    ހުށަހެޅުން

  • ވަޒީފާތަކަށް އެދޭ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސްގެ ވެބްސައިޓް މެދުވެރިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތައް އެޓޭޗްކުރަންވާނެއެވެ.
  • ވަޒީފާއަށް އެދޭ އޮންލައިން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރާނޭގޮތުގެ ޔޫސާރ މެނުއަލް ކަސްޓަމްސްގެ ވެބްސައިޓުގެ "ޑައުންލޯޑްސް" އިން ފެންނަން ހުންނާނެއެވެ.
  • ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބިފައިނުވާ ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައިފައިވާ އަސްލު) ބަލައިގަނެވޭނެއެވެ.

 އެހެނިހެން ކަންކަން

  • މި މަޤާމުތަކުގެ ތެރެއިން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ ކަސްޓަމްސް އޮފީސްތަކަށް މީހުން ހޮވުމުގައި އެ އޮފީހެއް ގާއިމުވެފައިވާ ރަށެއްގައި ރަޖިސްޓްރީވެފައިވާ އަދި އެ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މި މަޤާމުތަކަށް ހޮވޭނީ މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާދެމެދު މީހުންނެވެ. މިގޮތުން އުމުރު ބަލާނީ، 2024 އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
  • މި މަޤާމުތަކަށް ޝަރުތު ހަމަ ނުވާ ފަރާތްތަކުގެ އެޕްލިކޭޝަންއާއި، ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހަމަ ނުވާ އަދި ކިޔަން އިނގޭވަރަށް ނުހުންނަ ލިޔެކިޔުންތައް ހިމެނޭ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި މަޤާމުތަކަށް މީހުން ހޮވާނީ، "ސަޕޯޓް ސަރވިސް އޮފިސަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގައިވާ ގޮތުގެ މަތިންނެވެ. މި މިންގަނޑު މި ސަރވިސްގެ ވެބްސައިޓުން (www.customs.gov.mv) ފެންނަން ހުންނާނެއެވެ.
  • މި މަޤާމުތަކަށް ޝަރުތު ހަމަވާފަރާތްތަކުގެ ތެރެއިން، އިންޓަވިއުކުރުމަށްޓަކައި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި ސަރވިސްގެ ވެބްސައިޓް  (www.customs.gov.mv) ގައި ޝާޢިއުކުރެވި އަދި އެކަން އެންގުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށް އިއުލާން ކުރެވޭނެވެ.

    މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

08 އޮގަސްޓް 2024