ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-MS407/407/2024/39
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:22
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރޭގެ އެކި ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ބެހޭ

މިރަށުގެ ތާރަ މަގުތަކާއި، ވެލިމަގުތައް އަދި ރަށުގެ އެކިސަރަހައްދުތަކަށް ދޫކޮށްފައިވާ ތަކެއްޗާއި، ވެހިކަލް އަދި އެކި ތަންތަނަށް އެހެލާފައިވާ ކަނޑުގައި ދުއްވާ އުޅަނދުތައް ގިނަދުވަސް ވަންދެން ނުނަގާހުރުމުގެ ސަބަބުން ރައްޔިތުންނަށް އުދަނގޫވަމުންދާ ކަމުގެ ޝަކްވާތައް އެކިފަރާތްތަކުންދަނީ މި އިދާރާއަށް ހުށަހަޅަމުންނެވެ. މިގޮތައް ގިނަދުވަސް ވަންދެން ރަށުގެ އެކި ތަންތާގައި މިބާވަތުގެ ތަކެތި ބެހެއްޓުމަކީ މި އިދާރާއިން ގެޒެޓްކޮށްފައިވާ " އާއްމު އުދަގުލާބެހޭ ޤަވާއިދު ނަންބަރ: 14 ވަނަ މާއްދާގެ ހ. އިން މަނާކޮށްފައިވާ ކަމެކެވެ.

 ވީމާ، މިގޮތައް ބަހައްޓާފައިވާ އުޅަނދުތަކާއި އަދި އެނޫންވެސް އާއްމުންނަށް އުދަނގޫވާގޮތައް އެކި ތަންތަނުގައި ހުރި ތަކެތި 7 އޮގަސްޓް 2024 މި އަދުން ފެށިގެން 15 ދުވަހުގެ ތެރޭ ނެންގެވުމަށް އެތަކެތީގެ ވެރިފަރާތައް އަންގަމެވެ. އަދި މިމުއްދަތުގައި މި ދެންނެވި ތަކެތި ނުނަގާނަމަ އެތަކެއްޗަކީ އޭގެ ވެރިފަރާތެއް ނެތް ތަކެތި ކަމުގައި ބަލައި މަތީގައި ދަންނަވާފައިވާ ޤަވާއިދުގެ 6 ވަނަ ނަންބަރުގެ ( ހ ) އަދި (ށ) ގައިވާ ގޮތައް ކައުންސިލް އިދާރާއިން އެތަކެތި ނެގޭނެ އެވެ. އެހެންކަމުން މިދެންނެވި ތަކެތި މި ކައުންސިލުން ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިގޮތައް ނެގޭތަކެތި ވެރިފަރާތުން އަނބުރާ ގެންދާނަމަ އެ ތަކެތި ގެންދެވޭނީ އެ ތަކެތި އެ ތަންތަނުން ނެގުމަށް ކޮށްފައިވާ ޚަރަދު ދިނުމަށްފަހުގައި ކަމުގައިވެސް ދެންނެވީމެވެ.

08 އޮގަސްޓް 2024