ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312-MS/312/2024/48
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 15 އޮގަސްޓް 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި އިރުގެ ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ނިޒާމް ޤާއިމުކުރާ ޝަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

މި އިޢުލާންވަނީ 12 އޮގަސްޓް 2024 11:08 ގައި ބާތިލް ކުރެވިފައެވެ.


މިރަށުގައި އިރުގެ ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ނިޒާމް ޤާއިމުކުރާ ޝަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

 

                  މިރަށުގައި އިރުގެ ހަކަތައިން ކަރަންޓް ފޯރުކޮށްދޭ ނިޒާމް ޤާއިމުކުރާސަރަހައްދުގައި (ކޮފީޓޯކް ބިމާ އިންވެގެން ދެކުނަށް) ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވާތީ އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން  "1 އިން 43 މިގޮތަށް ވާނީ ހުދު ކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ. 

                     ވީމާ މިނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުމުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. ރުއްގަހުގެ މައުލޫމާތު ފޯރުކޮށްދެއްވާއިރު ރުއްގަހުގެ މިލްކު ސާބިތު ކުރިކަމުގެ ލިޔުން ހުށައެޅުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރުދަންނަވަމެވެ.   

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 އޮގަސްޓް 2024