ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2024/33
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 13 އޮގަސްޓް 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕެއިންޓް ވޯކްޝޮޕާއި ގުޅޭ

           މިކައުންސިލުން އަމިއްލަ ފަރާތަކާއި ގުޅިގެން ބޭސިކް ވޯޓަރ ކަލަރ ޕެއިންޓް ވޯކްޝޮޕެއް 18 އޮގަސްޓް 2024 އިން ފެށިގެން 6 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.މިވޯކްޝޮޕްގައި ބައިވެރިވެލައްވަން ބޭނުންވާ 18 އަހަރުން ދަށުގެ ފަރާތްތަކުން ބެލެނިވެރިޔާގެ އިޢުތިރާޟް ނެތްކަމުގެ ލިޔުން ހުށައަޅަންވާނެއެވެ. އަދި ސްކޫލް ދަރިވަރެއް ބައިވެރިވާނަމަ ބައިވެރިވެވޭނީ ގްރޭޑް 8 އިން ފެށިގެން މަތީގެ ދަރިވަރުންނަށެވެ. މިވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓް 2024 ވަނަ ދުވަހު 13:00ގެ ކުރިން މިކައުންސިލްގައި ނަންނޯޓްކުރެއްވުން އެދެމެވެ. ވޯކްޝޮޕާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9178885 ނަނަބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

           މިހެންވެ މިކަން އާޢްމުކޮށް އިންގާ އިޢުލާނުކުރީމެވެ.
08 އޮގަސްޓް 2024