ބީލަން
ނަންބަރު: (IUL)294-D/294/2024/60
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 02 ސެޕްޓެންބަރު 2024 13:15
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލުން ކަނޑައަޅާ ބިމެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރައްވާ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

08 އޮގަސްޓް 2024 އިން 14 އޮގަސްޓް 2024

 

08:00 އިން 13:00 އަށް

އީމެއިލް : [email protected]

ފޯން: 6560029

މަޢުލޫމާތު ސާފުކުރުން

21 އޮގަސްޓް 2024

ބުދަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

ބިޑް ހުށަހެޅުން

02 ސެޕްޓެމްބަރ 2024

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް ، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.  އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

                                 1446 B 4

8 އޮގަސްޓް 2024    

08 އޮގަސްޓް 2024