ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2024/25
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 18 އޮގަސްޓް 2024 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ ސްޕީޗްޕެތޮލޮޖީ ޑިޕާރޓްމަންޓަށް BERA Diagnostic Test މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

      އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

 މި ހޮސްޕިޓަލުގެ ސްޕީޗްޕެތޮލޮޖީ ޑިޕާރޓްމަންޓަށް ތިރީގައި މިވާ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއިޢުލާނާއެކު ދީފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މިމެޝިން ސަޕްލައިކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމެޝިނުގެ ސްޕެސިފިކޭޝަން އިއުލާނާއެކު ހިމެނިފައިވާނެއެވެ.

Details

Quantity

BERA Diagnostic Test (IHS-Duet Evoked Potentials)

01

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  •  ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  •  މިމެޝިނަށް މަދުވެގެން 01 އަހަރު ދުވަހުގެ ވޮރަންޓީ ހުށަހަޅަންވާނެއެވެ.
  •   ހުށަހަޅަންޖެހޭ ތަކެތި
  • އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން.
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • ވޭތުވެދިޔަ 3 އަހަރު ތެރޭގައި މެޑިކަލްތަކެތި ސަޕްލައި ކޮށްފައިވާކަން، މަސައްކަތް ކުރުވި ފަރާތުން ދީފައިވާ 1 ލިޔުން

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

95

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

3

ތަޖުރިބާ

05

ތަޖުރިބާގެ 1 ލިޔުން

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަލަށް  ސްޕީޗް ޕެތޮލޮޖީ އަށް ބޭނުންވާ މެޝިން ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2024 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.  ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
  2.  މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

https://www.igmh.gov.mv/publications/tenders

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]، [email protected]

 

  04 ސަފަރު 1446

  08 އޮގަސްޓް 2024

08 އޮގަސްޓް 2024