ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)234-C/234/2024/11
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:09
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަހުނު ކުރުން ރަށު ކައުންސިލްތަކަށް ބަދަލުކުރުން

ރަހުނު ކުރުން ރަށު ކައުންސިލްތަކަށް ބަދަލުކުރުން

ބިމާއި ޢިމާރާތާއި ފްލެޓް ރަހުނު ކުރުމާއި ބެހޭ ޤަވާއިދު ނަންބަރު: 2022/R-186 ގެ 7 ވަނަ މާއްދާގައިވާ ރަހުނު ރަޖިސްޓްރީ ކުރުން ރަށު ކައުންސިލްތަކަށް ބަދަލު ކުރުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 97 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

ވީމާ، 11 އޮގަސްޓު 2024 ވަނަ ދުވަހުން ފެށިގެން މި އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ރަހުނު ރަޖިސްޓްރީ ކުރުން، ރަހުނު ބާތިލްކުރުން އަދި ރަހުނު ކޮށްފައިވޭތޯ ބަލާ މައްސަލަތަކުގެ އެންމެހާ މަސައްކަތްތައް ކުރާނީ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ކަމުގައި ދަންނަވަމެވެ.

08 އޮގަސްޓް 2024