ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2024/48
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 14 އޮގަސްޓް 2024 14:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަހިޔާ ޢިމާރާތުގެ މަރާމާތާއި ބެހޭ

ނަލަހިޔާ ޢިމާރާތުގެ މަރާމާތާއި ބެހޭ:

 މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ނަލަހިޔާ ޢިމާރާތުގައި ކުރަންޖެހިފައިހުރި ބައެއްމަރާމާތުތައް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/36 ގެ އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ރަޖިސްޓަރީ ކުރުން.

ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 14 އޯގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ހުށަހެޅުމާއި، ހުޅުވުން.

 ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 19 އޯގަސްޓް 2024 ވަނަ ދުވަހު 13:30 ގައި މިއިދާރާގައެވެ. މެއިލް މެދުވެރިކޮށް ބިޑުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ  މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

08 އޮގަސްޓް 2024