ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2024/55
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 14 އޮގަސްޓް 2024 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެނަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކެބިނެޓް އޮފީސް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް/ މެޝިނަރީ އޮފް ގަވަރމަންޓް ރިފޯމް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް މެނެޖްމަންޓް/ ޕަބްލިކް ޕޮލިސީ މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން، ސަރުކާރުގެ ވުޒާރާތަކާއި ވުޒާރާތަކުގެ ދަށުން ހިނގާ ގޮތަށް އުފައްދަންޖެހޭ ތަންތަން އުފެއްދުމާއި، އުވާލުމާއި، އެ ތަންތާނގެ ނަމަށް ބަދަލުގެނައުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 

- ސަރުކާރުން އުފައްދާ އިދާރާތަކުން ކުރާނެ މަސައްކަތްތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ގޮތުގެމަތިން ކަނޑައެޅުމާއި، މަސައްކަތްތަކަށް ބަދަލުގެނައުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ބެލެހެއްޓުން.

- ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ އިދާރާތަކާއި، ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ސަރުކާރުން އުފައްދާ އިދާރާތައް އުފެއްދުމުގައާއި، އުވާލުމުގައާއި، އިދާރާތަކުގެ ނަމަށް ބަދަލުގެނައުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް އެކުލަވައިލުން. 

- ސަރުކާރުގެ އޮފީސްތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގައި ހުރި ފުށުއެރުންތައް ފާހަގަކޮށް، މަސައްކަތްތަކުގެ ލިސްޓު އިސްލާހުކުރުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 

- ސަރުކާރުން އުފައްދާ އިދާރާތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާގޮތުގެ މަތިން އުފެދޭ އިދާރާތަކުގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި މަރުކަޒީ ފެންވަރުގައި އެއިދާރާތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން. 

- ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސް ޖާގަ ކަނޑައެޅުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރަންޖެހޭ ކަންކަން ކުރުން.  

- ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން، އެ ތަނެއްގެ މާލީ ހިންގުމާއި މާލީ ޒިންމާ އުފުލުން ވަކިން އޮންނަ ގޮތަށް ކަނޑައަޅާ ޙާލަތްތަކުގައި އެކަމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 

- ސަރުކާރުގެ އިދާރާތައް އުފައްދާ ތާރީޚުތަކާއި، އުވާލާ ތާރީޚުތަކާއި، އޮފީސްތަކުގެ ނަންތަކަށާއި، މަސައްކަތްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު ބެލެހެއްޓުން. 

- ސަރުކާރުގެ އިދާރީ އޮނިގަނޑާއި، ސަރުކާރުގެ އިދާރާތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ބަލަހައްޓަމުން ގެންދިއުން. 

- ޔުނިޓުގެ މަސައްކަތުގެ ދާއިރާއާބެހޭ ގޮތުން މަޢުލޫމާތު އެއްކުރުމާއި ކުރަންޖެހޭ ދިރާސާތައް ކުރުން. 

2. މަގާމުގެ ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޮމިއުނިކޭޝަންސް އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ)ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ކޮމިއުނިކޭޝަންސް އޮފީހުގެ އިދާރީ އޮނިގަނޑަށާއި، އެކިއެކި ޔުނިޓުތަކުގެ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ އެކްޝަން ޕްލޭން ތައްޔާރުކޮށް، ބަޖެޓަށް ބޭނުންވާ މަޢުލޫމާތު އެކުލަވައިލުމާއެކު، ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމާއި މުވައްޒަފުންގެ ވަޒީފާ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު، ޔުނިޓުތަކުން ހޯދައި، ގަވައިދުން އެއްކުރުމާއެކު އަހަރު ރިޕޯޓު ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ އެކިއެކި ޔުނިޓުތަކުން ފޮނުވަންޖެހޭ ސިޓީ/ ނޯޓުތައް ޑްރާފްޓްކޮށް، ފޮނުވަންޖެހޭ ފަރާއްތަކަށް ޖެމްސް މެދުވެރިކޮށް ފޮނުވުމާއި، ފައިލުކޮށް، ރެކޯޑު ބެލެހެއްޓުން.

- ކޮމިއުނިކޭޝަންސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ޕްރެސް ކޮންފަރެންސްތަކާއި، އިވެންޓުތަކާއި، އަދި މިނޫންވެސް އެހެނިހެން ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުމާއި، ޔައުމިއްޔާ ނޯޓުކުރުން.

- ކޮމިއުނިކޭޝަންސް އޮފީހުގެ މަސައްކަތްތައް ހިނގުމުގައި އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންތައްތައް ޙައްލުކުރުން.

3. މަގާމުގެ ނަން:

ސީނިއަރ އެސޯސިއޭޓް، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯގައިވާ ކަންކަން ހާސިލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.

- އިޤްތިޞާދީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ މަޤުޞަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.

- ނޭޝަނަލް ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި އެކުލެވިފައިހުރި އިޤްތިޞާދީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ތަންފީޛުކުރެވެމުންދާ މިންވަރު ބެލުން.

- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވައިލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރުން.

- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤްތިޞާދީ ދާއިރާއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން.

4. މަގާމުގެ ނަން:

ސީނިއަރ އެސޯސިއޭޓް، ގަވަރނަންސް ޕޮލިސީ އެންޑް ރިސަރޗް

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން. 

- ގަވަރނަންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ގުޅުންހުރި ދާއިރާތަކަށް ސަރުކާރުން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޛުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަޤްޞަދުތައް ހާސިލްވާނޭގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން.

- މިހާރުން މިހާރަށް ޤައުމުގައި ހިނގާ އަދި ސަރުކާރުގެ ތެރެއިން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު ކަންކަމާ ގުޅިގެން އަވަސް ހައްލެއް ހޯދުމަށް އަންނަ މައްސަލަތަކާގުޅޭ މަސައްކަތްތައް ކުރުން.

- ރެޕިޑް އެކްޝަންގެގޮތުގައި ކަނޑައެޅޭ ކަންކަމާ ގުޅިގެން އެކުލަވައިލެވޭ ކޮމިޓީ/ ބޯޑުތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.

އިތުރު މަޢުލޫމާތު:

މި މަގާމުތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2024 އޮގަސްޓު 14 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

08 އޮގަސްޓް 2024