މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/156
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 15 ޖޫން 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ނަރުދަމާގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތާބެހޭ

ޕްރޮޖެކްޓް ނަންބަރު: TES/2015/C-07

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ހއ. އުތީމު، ހދ. ނައިވާދޫ، ބ. ކެންދޫ، ޅ. ކުރެންދޫ، ކ. ގުޅި، އދ. އޮމަދޫ، ދ. ބަނޑިދޫ ނަރުދަމާގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތާބެހޭ

1. 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހއ. އުތީމު، ހދ. ނައިވާދޫ، ބ. ކެންދޫ، ޅ. ކުރެންދޫ، ކ. ގުޅި، އދ. އޮމަދޫ، ދ. ބަނޑިދޫގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން މި ހަތް ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރ.އެފް.ޕީ) އާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

3. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މިލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 01 ޖޫން 2015އިން 22 ޖޫން 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް (ރަމަޟާން މަހު ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 އަށް) މި ދައުވަތުގެ 06 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރ.އެފް.ޕީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 ޖޫން 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ޖޫން 23ވާ އަންގާރަ ދުވަހުގެ 1200ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

     ޓެންޑަރ އިވެލުއޭޝަން ސެކްޝަން

     މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

     އަމީނީމަގު، މާލެ،  ދިވެހިރާއްޖެ.

     އީމެއިލް އެޑްރެސް: [email protected]

                [email protected]

01 ޖޫން 2015