ވަޒީފާގެ ފުރުޞަތު
ނަންބަރު: Q10C/2024/10
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 18 އޮގަސްޓް 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ މަޢުޛޫނުންގެ ދަފްތަރު އަޕްޑޭޓްކުރުމަށް

`                                                                                                                                             

 

 

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

  ގދ.ތިނަދޫ ، ދިވެހިރާއްޖެ    

                                                                 ނަންބަރު:Q10C/2024/10

އިޢުލާނު

 

މި ކޯޓުގެ ކައިވެނި ކޮށްދޭ މަޢުޛޫނުންގެ ދަފްތަރު އަޕްޑޭޓް ކުރަން ބޭނުންވާތީ ކޮންޓްރެކްޓް އުޞޫލުން މިކަންކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ކޯޓު/އިދާރާ:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އެލަވަންސް:

-/250 ރުފިޔާ (ޢަޤުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

މަޤާމުގެ ޝަރުތު:

ޝަރުޢީ މަޛޫންކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.  

ހުށަހަޅާންޖެހޭ ތަކެތި:

-          ޝަރުޢީ މަޢުޛޫންނުކަމަށްއެދި ހުށަހަޅާ ފޯމު

-          ވަނަވަރު

-          އައިޑީކާޑުގެ ކޮޕީ

-          ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

 

ކައިވެނި ކޮށްދޭންޖެހޭ ގަޑި:

ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ސުންގަޑި:

18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 25 އޮގަސްޓް 2024 އާއި 29 އޮގަސްޓް 2024 އާއި ދެމެދު، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓްގައެވެ.

 

 

 

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދެ ފޯމު މި ކޯޓުގެ ވެބްސައިޓް https://gdh-thinadhoo.courts.gov.mv އިން ޑައުންލޯޑް ކުރެވޭނެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާންގައި ބަޔާންކުރެވިފައިވާ ލިޔުންތަށް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ އަޞްލު ގެންނަންވާނެއެވެ.
  • މަޤާމަށް އެދި ފޯމު ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަނަށެވެ. ނުވަތަ އީމެއިލް ޒަރިއާއިން ފޯމު ހުށަހަޅުވާނަމަ، މިކޯޓުގެ ރަސްމީ އީމެއިލް [email protected] އަށެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841609 އަށެވެ.

 

ނޯޓް: މިހާރު މިކޯޓުގެ ޝަރުޢީ މަޢުޛޫނުންގެ ގޮތުގައި ތިބި ފަރާތްތަކުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

           04 ސަފަރު 1446

           08 އޮގަސްޓް 2024

 

 

                                                           

 

08 އޮގަސްޓް 2024