ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/W-98
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހުޅުމާލެ ކަރެންޓައިން ފެސިލިޓީގެ މަސައްކަތް (ފައިނޭންސިންގ ނަންބަރު: MAL-040):
1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްދާ ހުޅުމާލޭގައި ކަރަންޓީނު ޚިދުމަތްދޭ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އެ އިމާރާތުގެ މަދަނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
2. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސް: IsBD ފައިނޭންސިންގގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން – ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
3. ބީލަމުގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 1 ޖޫން 2015 އިން 2 އޮގަސްޓު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349266 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]
4. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/100,000ރ (އެއްލައްކަ ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 208 ދުވަހެވެ.
5. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 11:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.
6. މިޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 ޖުލައި 2015ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
7. ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 3 ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.