ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218-Admin/218/2024/14
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 17:45
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އިސްތިހާރު ކުރަމުން ގެންދާ ޕްރޮގްރާމްތަކާ ގުޅޭ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އިސްތިހާރު ކުރަމުން ގެންދާ ޕްރޮގްރާމްތަކާ ގުޅޭ

 

 

މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް އެކިއެކި ސޯޝަލް މީޑިއާ ތަކުގައި އިސްތިޙާރު ކުރަމުންނެވެ.

 

ވުމާއެކު، ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިޙާރު ކޮށްފައިވަނީ އެމް.ކިއު.އޭ އިން ހުއްދަ ދީފައިވާގޮތަށްކަން ކަށަވަރުކޮށް ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މި އޮތޯރިޓީން އިލްތިމާސް ކުރަމެވެ. އަދި މި އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާއި އަދި އެހެނިހެން މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓުން ލިބޭނެއެވެ. ވެބްސައިޓްގެ ލިންކް ތިރީގައި އެވަނީއެވެ.

 

LINK 1: https://mqa.gov.mv/en/qualifications-register-introduction

LINK 2: https://old.mqa.gov.mv/institutes/local

 

ވީމާ މިކަމަކީ މުހިއްމުކަމެއް ކަމަށް ވީ ހިނދު މިކަން އާއްމުކޮށް އިޢުލާން ކުރީމެވެ.

 

07 އޮގަސްޓް 2024