ވަޒީފާގެ ފުރުޞަތު
 | 
 ނަންބަރު: L05C-A/2024/05 
 | 
| 
 ތާރީޚް: 07 އޮގަސްޓު 2024 
 | 
| 
 މަޤާމު:  
 | 
 ކޯޓް އޮފިސަރ 
 | 
| 
 ބޭނުންވާ ޢަދަދު:  
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި:  
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް:  
 | 
 ޖީ.އެސް 3 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  
 | 
 އޮފިސަރ ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  
 | 
 ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓު 
 | 
| 
 މުސާރަ:  
 | 
 -/4،465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) 
 | 
| 
 އެހެނިހެން އެލަވަންސް:   
 | 
- ސަރވިސް އެލަވަންސް: -/1,500ރ
 
- ޖުޑީޝަލް އެލަވަންސް: 1,562/75ރ (އަސާސީ މުސާރައިގެ %35)
 
- ލިވިންގ އެލަވަންސް: -/2,550ރ
 
 
ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  
 | 
- ކޯޓަށް ހުށަހެޅޭ ދަޢުވާ ފޯމުތަކާ ގުޅިގެން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން.
 
- ދަޢުވާ ފޯމުތައް CMS އަށް އެންޓްރީކޮށް ކޯޓަށް ބަލައިގަންނަ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް ސެކްޝަނާ ޙަވާލުކުރުން.
 
- ކޯޓު ކަލަންޑަރު ތައްޔާރުކޮށް ހިންގޭނެ އަދި ނުހިންގޭނެ މައްސަލަ ފާހަގަކޮށް މައްސަލަތަކުގެ އަދާހަމަ ކޮންމެ ދުވަހަކު މެޖިސްޓްރޭޓާ ޙިއްޞާކުރުން.
 
- މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން؛ ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ރިކޯޑް، ފޯމު އަދި ރިޕޯޓްފަދަ ތަކެތި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެކްޝަނަށް ބަލައިގަންނަންޖެހޭ ލިޔުންތައް ބަލައިގަނެ ފިޔަވަޅުއެޅުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ޤަޟިއްޔާ ފައިލް އަދި CMS އަށް އިތުރުކުރަމުން ގެންދިއުން.
 
- ކޯޓުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް މެޖިސްޓްރޭޓްގެ ލަފާގެމަތިން ތާވަލުކޮށް، އަޑުއެހުންތަކާ ގުޅޭ ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ޖެނެރޭޓްކޮށް ޑިސްޕެޗްކުރުމާއި އަމުރުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
 
- ޝަރީއަތުގެ މަޖްލީހުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން؛ ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމާއި ނެރުން.
 
- މައްސަލަތަކާ ގުޅޭ ފޯމުތަކާއި ސިޓީތަކާ ގުޅިގެން އެފަރާތްތަކަށް ސާފުކޮށްދޭންޖެހޭ މަޢުލޫމާތު ސާފުކޮށްދިނުން.
 
- މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ޗުއްޓީ ދިނުމާބެހޭ އެންމެހާ އިންތިޒާމްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރިއަށް ގެންދިއުން.
 
- ޝަރީޢަތްތަކާ ގުޅިގެން ނަގާ ބަޔާންތައް މަޙްޟަރުކުރުން؛ މެޖިސްޓްރޭޓް އަންގާ ގޮތެއްގެމަތިން ބަޔާންތައް ލިޔެ ތައްޔާރުކޮށް ސޮޔާއި އިނގިލީގެ ނިޝާން ޖަހައި ސްކޭންކޮށް ޕީ.ޑީ.އެފް. ކުރުމަށްފަހު، ސަރވަރގައި ރައްކާކޮށް، CMS އިން އަދާހަމަކޮށް، ޤަޟިއްޔާ ފައިލް އަދި CMS ގައި އިތުރުކުރުމާއެކު މަޙްޟަރު ބަޔާންތަކުގެ މާސްޓަރ ފައިލް އަޕްޑޭޓްކޮށް ކޮމްޕައިލްކުރުން.
 
- ޙުކުމްކުރެވޭ ޤަޟިއްޔާތަކާ ގުޅޭ ފިޔަވަޅުއެޅުން؛ ޚަރަދާއި ދަރަނީގެ ރަސީދު، ޖޫރިމަނާ ޗިޓް، ޙުކުމް ތަންފީޛުކުރުމަށް ދަންނަވާ ޗިޓް، މަރު ސާބިތުވި ލިޔުންފަދަ ލިޔުންތައް ތައްޔާރުކޮށް ޙަވާލުކުރުމާއި ޤަޟިއްޔާ ފައިލް އަދި CMS އަށް އިތުރުކުރުން.
 
- ނިމޭ މައްސަލަތަކުގެ ޚުލާޞާ ރިޕޯޓް އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކޮށް ވެބްސައިޓްގައި ޝާއިޢުކުރުމާއި، މައްސަލަތައް CMS އިން އަދާހަމަކޮށް، މައްސަލަތަކުގެ ފައިލް އާކައިވްކޮށް ކޭސް ކްލޯސްކުރުން.
 
- ޤަޟިއްޔާތަކުގެ ރެކޯޑާއި ނިމޭ މައްސަލަތަކުގެ ރެކޯޑް ޤަވާޢިދުން ފުރިހަމަ ކުރަމުން ގެންދިއުމާއި، ޤަޟިއްޔާތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ފޮތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުން.
 
- ޚަރަދާއި ދަރަނީގެ ރެކޯޑް، ޖޫރިމަނާގެ ރެކޯޑް، ކުށުގެ ރެކޯޑް، ޙައްދާއި ތަޢުޒީރުގެ ރެކޯޑް، ޙުކުމް ތަންފީޛުކުރުމަށް ފޮނުވާ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.
 
- ކުށުގެ ރެކޯޑް ފިހުރިސްތު ފުރިހަމަ ކުރުމާއި، ކުށުގެ ރެކޯޑް ބެލެހެއްޓުން.
 
- މުއްދަތު މަޖިލިސްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، ކޯޓުން ނެރެންޖެހޭ ހައްޔަރު، ބަންދު އަދި ބަލާފާސްކުރުމުގެ އަމުރުފަދަ އަމުރުތައް ނެރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައްކުރުން.
 
- ވަރި ކާވެންޏާ ގުޅިގެން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން؛ ވަރި ކާވެންޏާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް، ފުރިހަމަކުރަންޖެހޭ އެންމެހާ ފޮތްތައް ޤަވާޢިދުން ފުރިހަމަކޮށް ބެލެހެއްޓުން.
 
- ކާވެނީގެ މަޖިލީހާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން. 
 
- ވަރި އަދި ކާވެނީގެ މަޢުލޫމާތު މެރިޖް ޕޯޓަލްއަށް އެންޓަރކޮށް ފޯމް އެޓޭޗްކުރުން.
 
- އެގްރީމެންޓާއި ޕަވަރ އޮފް އެޓަރނީ އަދި އެހެނިހެން ލިޔުންތައް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން.
 
- ކޯޓުގައި ޝަރީޢަތް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވައި ފިޔަވަޅުއެޅުން.
 
- ޝަރުޢީ ފޯމުތަކާ ގުޅިގެން ނަގަންޖެހޭ ފީތައް ނެގުމަށް އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުމަށާއި، ޙުކުމްތަކާ ގުޅޭ ޚަރަދާއި ދަރަނީގެ ރެކޯޑް މެމްސް ފައިނޭންސް އެޕަށް އެޅުމަށްޓަކައި އެ މަޢުލޫމާތު ފައިސާއާ ބެހޭ ސެކްޝަނަށް ޙިއްޞާކުރުން.
 
- ކޯޓު އަމުރުގައިވާ ގަޑިއަށް ޙާޟިރުނުވާ މީހުން ޖޫރިމަނާކުރުމާއި ޖޫރިމަނާ ޗިޓު ތައްޔާރުކޮށް ފައިސާއާބެހޭ ސެކްޝަނަށް ފޮނުވުން.
 
- މެޖިސްޓްރޭޓުން ތަނާޒުލްވެގެން އެހެން މެޖިސްޓްރޭޓަކާ ޙަވާލުކުރެވޭ މައްސަލަތަކާ ގުޅޭ މަސައްކަތްތައް އެ މެޖިސްޓްރޭޓަކު އަންގަވާގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
 
- އެކިއެކި ފަރާތްތަކުން އެދިގެން ކޯޓުން ނެރޭ އަމުރުތަކާ ބެހޭ ލިޔުންތައް މެޖިސްޓްރޭޓް ދޭ ލަފާގެ މަތިން ތައްޔާރުކޮށް އެ އަމުރުތައް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި އެ އަމުރުތަކާ ގުޅިގެން ބާއްވަންޖެހޭ މަޖިލީސްތައް ބޭއްވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
 
- ކޯޓުގެ އެހެން މުވައްޒަފެއްގެ މަސއްކަތެއް ޙަވާލުކުރެވޭ ހިނދެއްގައި، ކޯޓުން ޢާންމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތެއްގެމަތިން އެމުވައްޒަފެއްގެ މަސައްކަތްކުރުން.
 
- މެމްސްގެ CMS މޮޑިއުލްގެ ތެރެއިން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން / CMS އަދާހަމަކުރުން.
 
- ކޯޓު ރޫމަށް / ޝަރީޢަތުގެ މަޖިލީހަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތާއި، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ކަމާބެހޭ ފަރާތްތަކަށް ޤަވާޢިދުން އެންގުން.
 
- މީގެ އިތުރުންވެސް އެމުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން، ނުވަތަ ޤަވާޢިދަކުން، މަނާނުކުރާ، ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން، ކޯޓު ހިންގުމާއި ޙަވާލްވެހުރި ފަރާތްތަކުން އަންގާ މަސައްކަތްތައް ކުރުން.
 
  | 
| 
 މަޤާމުގެ ޝަރުޠުތައް  
 | 
 މަޤާމަށް ކަނޑައެޅިފައިވާ އަސާސީ ޝަރުޠު:  
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ"  ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން؛
 
 
ނުވަތަ 
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން؛
 
  | 
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް:  
ޝަރީޢަތާއި ޤާނޫނު / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް /  އެކައުންޓިންގ އެންޑް ފައިނޭންސް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސަސް 
 | 
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް:  
- ޝަރީޢަތާއި ޤާނޫނު؛
 
- އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް؛
 
- އެކައުންޓިންގ އެންޑް ފައިނޭންސް؛
 
- މެނޭޖްމަންޓް؛
 
- އިންފޮމޭޝަން ޓެކްނޮލޮޖީ
 
- ހިއުމަން ރިސޯސަސް
 
  | 
| 
 އެހެނިހެން ޝަރުޠު 
 | 
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
 
- ވަޒީފާއަށް ޢައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.
 
 
2.1  ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ 
2.2  މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތ 
2.3  ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛ 
2.4  ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް) 
2.5  އަނބިމީހާ ނުވަތަ ފިރިމިހާ؛ 
2.6  ފަހަރި ނުވަތަ ޅިޔަނު (ތިމާ އިނދެގެން އުޅޭ މީހާގެ ދައްތަ ނުވަތަ ބޭބެއާއި، އެމީހުން އިނދެގެން އުޅޭ މީހުނާއި، ތިމާގެ ދައްތަ ނުވަތަ ބޭބެ އިނދެގެން އުޅޭ މީހުން ހިމެނޭހެން)؛ 
2.7  މައިދަތަ ނުވަތަ ބަފައިބެ (އަނބިމީހާ ނުވަތަ ފިރިމީހާގެ ކާފަ ނުވަތަ މާމައާއި ދޮންމައިދައިތަ އާއި ދޮންބަފައިބެ ހިމެނޭ ގޮތަށް)؛ 
2.8  ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ (ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އިނދެގެން އުޅޭ މީހާ ހިމެނޭ ގޮތަށް)؛ 
2.9  ދެބޭންގެ ދެދަރި މީހަކު ކަމުގައި ނުވުން. 
 | 
| 
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 
 | 
- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު މި ކޯޓުގެ ވެބްސައިޓް f-dharaboodhoo.courts.gov.mv އިން އަދި މި ކޯޓުގެ ކައުންޓަރުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
 
 
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) 
(ރ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، "ޝަރުޢީ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2024" ގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމް". 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
| 
 ކޮމްޕީޓަންސީ ދާއިރާ 
 | 
 މާކްސް 
 | 
 
| 
 އަސާސީ ޝަރުޠު ފުރިހަމަވުން 
 | 
 30 
 | 
 
| 
 އަސާސީޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 
 | 
 5 
 | 
 
| 
 އަސާސީޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 
 | 
 5 
 | 
 
| 
 އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް 
 | 
 25 
 | 
 
| 
 އިންޓަވިއު 
 | 
 35 
 | 
 
| 
 ޖުމްލަ 
 | 
 100 
 | 
 
 
  
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޮގަސްޓު 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ހުށަހަޅާ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 ޝޯޓްލިސްޓްކުރުން 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިންޓަރވިއު  އޮންނާނެ ތަނާއި މުއްދަތު 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލްސް އޮންނާނީ، 22 އޮގަސްޓު 2024 އާއި 10 ސެޕްޓެންބަރު 2024 އާ ދެމެދު، ފ.ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. 
އިންޓަވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާ ފަރާތްތަކާއެވެ. 
 | 
| 
 ވަޒީފާއަށް ކުރިމަތިލިފާރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) ޢާންމުކުރުން 
 | 
 ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި، އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 އެހެނިހެން ކަންތައްތައް 
 | 
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740656 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
 
- މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.
 
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މިކޯޓުން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހޯދުމާމެދު އިޢުތިރާޟު ނުކުރާނަމައެވެ.  
 
 
 |