ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)317-PP/317/2024/46 ( 30 ޖުލައި 2024މ. ) އިޢުލާނުގެ
މުއްދަތު ހަމަވެ، މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ 1446 ވަނަ އަހަރުގެ ކައުންސިލްގެ ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 11 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އަށް އިތުރުކޮށްފީމެވެ.
ވީމާމިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީހުގެ ކުރިން ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އެއްކަރުދާސް ކުރެވިފައިވާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.
އަދި ދަންނަވަމެވެ. މިމުބާރާތުގެ ކޮންމެ ކީ ސްޓޭޖަކުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ސުކޫލް ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 2 ދަރިވަރަކަށް، އަދި ސްކޫލް ދަރިވަރުން ފިޔަވައި 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން އަދި ހިތުން ކިޔެވުމުގެގޮފިން ބައިވެރިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 2 ކެންޑިޑޭޓަކަށް އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަތޮޅު ކައުންސިލްގެ ގްރުއާން މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ކޮންމެ ގޮތްޕެއްގެ ކޮންމެ ކީސްޓޭޖަކުންވެސް ފުރުސަތު ލިބެނީ 2 ދަރިވަރަށް ކަމަށްވާތީ، މިމުބާރާތުން ސްކޫލް ކުދިން ހޮވާއިރު ނަގާނީ ކޮންމެ ކީސްޓޭޖެއްގެ ގޮތްޕަކުން އެންމެ މަތިން ޕޮއިންޓް ލިބޭ 2 ދަރިވަރުންކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.