ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)385/385/2024/34
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 15 އޮގަސްޓް 2024 14:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ބޭއްވުމާއި ގުޅޭ

"ދިޔަމިގިލީ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ ތ.ދިޔަމިގިލީ ރައްޔިތުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ހުނަރުވެރި ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ. ރައްޔިތުންގެމެދުގައި އެކުވެރިކަން އާލާކުރުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ވާދަކުރެވޭނެ ގައުމީ ފެންވަރުގެކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

ވީމާ، މި މުބާރާތްތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 2024 އޮގަސްޓް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މި އިޢުލާންގެ ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަންވަމެވެ. މި ފޯމާއިއެކު މުބާރާތުގައި ރަޖިސްޓްރީވުމަށް ކޮންމެ ޓީމް އަކުންވެސް -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާގެ) ފީއެއް ދެއްކެވުން އެދެމެވެ. ފީ ދެއްކެވުމަށް ތިރީގައިވާ އެކައުންޓަށް ފީ ޓްރާންސްފަރ ކުރެއްވުމަށް ފަހު މި އިދާރާގެ ވައިބަރ 9176574 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. އަދި ރިމާކްސްގައި ޓީމްގެ ނަން ޖެއްސެވުން އެދެމެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ 2024 ސެޕްޓެމްބަރ މަސްތެރޭގައެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި އެންމެ މަދުވެގެން 6 (ހައެއް) ޓީމް ބައިވެރި ވާނަމައެވެ.

 

ފައިސާ ޓްރާންސްފަރ ކުރެއްވުމަށް

އ/ކ ނަންބަރ: 7725700487001

އ/ކ ނަން: 1435 Revenue 1

 

މުބާރާތުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް: https://shorturl.at/IsiMZ     

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޞަފަރު  1446

07 އޮގަސްޓް 2024