ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)225-CA/225/2024/54
                    ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
                    ޕަބްލިޝްކުރި ގަޑި:  14:26
                                            ސުންގަޑި: 
                            29 އޮގަސްޓް 2024 14:00
                        
                    
                ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ. އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
                                ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ. އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
- މި ކައުންސިލްގެ 4 ވަނަ ދައުރުގެ 110 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެމަތީން، 2024 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިކޮށް، އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާތީ، މިކަމަށް ޝަރުޠުހަމަވާ ޝައުގުވެރިކަންހުރި ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
 - ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ މި ކައުންސިލްގެ ނަންބަރު: (PP)225-ATSS/225/2024/44 "ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި މި އުޞޫލުގައި ބަޔާންކޮށްފައިވާ ކޯސްތަކަށް މީހުން ހޮވާނީ މި އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯހަށް ނުވަތަ ތަމްރީނު ޕްރޮގްރާމަށް މުވައްޒަފުން ހޮވުމުގައި ބަލާނެ މިންގަނޑުތަކަށް ރިޢާޔަތްކޮށްގެން އެންމެ މަތިން ޕޮއިންޓު ލިބޭ ދެ ފަރާތަކަށެވެ.
 - ވީމާ، މިކަމަށް ޝަރުޠުހަމަވާ ޝައުގުވެރިކަންހުރި ފަރާތްތަކުން ކުރިމަތިލެއްވުމަށް އެދި "ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 2024 އޮގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1658 އަށް ގުޅުއްވުން އެދެމެވެ.
 - މި ކައުންސިލްގެ ނަންބަރު: (PP)225-ATSS/225/2024/44 "ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި
 
ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަދި "ކޮލެޖު އަދި ޔުނިވަސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ހުށަހަޅާ ފޯމު" މި ކައުންސިލާއި މި އަތޮޅުގެ ރަށު ކައުންސިލްތަކުން ލިބިވަޑައިގަންނަވާނެއެވެ.
                07 އޮގަސްޓް 2024