ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386-ESMS/386/2024/61
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫއިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ 150 މީހުންގެ ދާއިމީ ލިސްޓް

ނަންބަރު(IUL)386-ESMS/386/2024/61 :

އިޢުލާން

 

ތ.ގުރައިދޫއިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ 150 މީހުންގެ ދާއިމީ ލިސްޓް

 

މި އިދާރާގެ ނަންބަރު (IUL)386/386/2023/19 (02 މާރިޗު 2023) އިޢުލާނާއި ގުޅިގެން ތ.ގުރައިދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް މި އިޢުލާނާއި އެކު ޢާންމު ކުރަމެވެ.

             އިސްވެ ދެންނެވުނު ލިސްޓަކީ (IUL)386/386/2023/63 (06 ނޮވެންބަރު 2023) އިޢުލާނާއި ގުޅިގެން ހުޅުވާލި ފުރުޞަތުގައި، ހުށަހެޅުނު ޝަކުވާތަކާއި، ދައުލަތުގެ އިދާރާތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ގޯތި ކޮމިޓީން ފޯމްތަކަށް މާކްސް ދިނުމަށް ފަހު،  ދާއިމީ ލިސްޓަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނައުމަށް ފަހު ތ. ގުރައިދޫ އިން ގޯތި ލިބޭ 150 މީހުންގެ ދާއިމީ ލިސްޓެވެ.

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

             07 އޮގަސްޓް 2024

03 ޞަފަރު 1446                                                                                                                  

                                                            

     ތައުފީޤް ޢަލީ

                                                         ކައުންސިލްގެ ރައީސް                  

07 އޮގަސްޓް 2024