މުބާރާތް
ނަންބަރު: (IUL)298/298/2024/57
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި:
15 އޮގަސްޓް 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 އަތޮޅު ޤުރުއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނާއި ގުޅޭ
އިޢުލާން
2024 އަތޮޅު ޤުރުއާން މުބާރާތަށް ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަނާއި ގުޅޭ
މިއަހަރުގެ ރ.އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ކަނޑައެޅުމަށްޓަކައި،ބާއްވާ އޮޑިޝަން ބުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އަލިފުށީ ސްކޫލުގައި މިހާރު ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށާއި 2024 ސެޕްޓެމްބަރުގައި އަލިފުށީ ސްކޫލު ގުރޭޑް 11އަށް ވަނުމަށް ނިންމާފައިވާ ދަރިވަރުންނަށް ހުޅުވާލަމެވެ.
މި އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމު އަލިފުށީ ކައުންސިލަށް ހުށަހެޅުން އެދެމެވެ.އޮޑިޝަންގެ ޤަވާއިދު މި އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. "އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމު" މިކައުންސިލުންނާއި، އަލިފުށީ ސްކޫލު ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
އޮޑިޝަންގެ ފުރަތަމަ ބުރު،ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 30 އަދި 31 ވަނަ ދުވަހު ގައެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
07 އޮގަސްޓް 2024