މަސައްކަތް
ނަންބަރު: (IUL)213-PR/1/2015/30
ޕަބްލިޝްކުރި ތާރީޚް: 27 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 07 ޖޫން 2015 11:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކެންޓީނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގައި ކެންޓީނުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)213-PR/1/2015/28) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.    

މި އިޢުލާނާ ގުޅިގެން 24 މޭ 2015 ވަނަ ދުވަހު ބޭއްވުނު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދެވިފައިވާ މަޢުލޫމާތުތަކަށް ބޮޑުބަދަލެއް އައުމާގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މޯލްޑިވްސް ޕޮލިޓެކްނިކްގައި އަމިއްލަ ތަކެތީގައި ކެންޓީނެއް ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2015 ޖޫން 14 ވާ އާދީއްތަ ދުވަހުގެ 11:00އަށް ޕޮލިޓެކްނިކަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.

9 ޝަޢުބާން 1436

27 މޭ 2015