ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/077
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 15 އޮގަސްޓް 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަބާލުމާބެހޭ

ރާއްޖޭގައި ބޭނުންކުރުމަށް ނުވަތަ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް އެކިބާވަތުގެ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ ފައްޓަވާފައެވެ. އެހެންކަމުން މިފަދަ ތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ހިމެނުމަށްޓަކައި މަޢުލޫމާތު ހުށައެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2024 އޮގަސްޓު 15 ވާ ބުރާސްފަތި ދުވަހުގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް މައުލޫމާތު ހުށައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން އިން އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ދަފްތަރު އެކުލަވާލުމާއު ބެހޭ ގޮތުން ކޮށްފައިވާ ނަންބަރު (IUL)101-BR/1/2024/72 އިއުލާންއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

އިއުލާން ލިން: https://gazette.gov.mv/iulaan/300748

ރަޖިސްޓްރޭޝަން ލިންކު: https://trade.gov.mv/en/producers-registry-form/

07 އޮގަސްޓް 2024