ދިވެހިރާއްޖެ
ގަމު ޤުރުއާން މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މި ކައުންސިލުން އިންތިޒާމްކޮށްގެން 2024 އޯގަސްޓް 22 އިން 24 އަށް، ބޭއްވުމަށް ހަމަ ޖައްސައިވާފައިވާ "ގަމު ޤުރުޢާންމުބާރާތް 2024 " ގައިބައިވެރި ވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި މުބާރަތުގައި ބައިވެރި ވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާނުކުރީމެވެ. މި އިޢުލާނާއެކު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާޢިދު ޢާންމުކުރެވިފައިވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ނަމަ، 7681515 އަށް ގުޅުއްވުންއެދެމެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ލިންކް:
https://forms.gle/8mBDoPw5rK83ncWv5