ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2024/46
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 12 އޮގަސްޓް 2024 12:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމްގެ މަރާމާތާއި ބެހޭ

އައުޓްޑޯ ޖިމްގެ މަރާމާތާއި ބެހޭ:

 މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު އައުޓްޑޯ ޖިމްގައި ކުރަންޖެހޭ ބައެއްކަހަލަ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)366/2024/41 ގެ އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓަރީ ކުރުން.

ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 12 އޯގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ހުށަހެޅުމާއި، ހުޅުވުން.

 ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 15 އޯގަސްޓް 2024 ވަނަ ދުވަހު 13:00 ގައި މިއިދާރާގައެވެ. މެއިލް މެދުވެރިކޮށް ބިޑުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ  މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.      

07 އޮގަސްޓް 2024