ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2024/99
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 11 އޮގަސްޓް 2024 08:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ ޒޯން ލައިސެންސް އޭ ޒޯން ލައިސެންސަށް ބަދަލުކުރުމަށް ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ބީ ޒޯން ލައިސެންސް އޭ ޒޯން ލައިސެންސަށް ބަދަލުކުރުމަށް ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

ބީ ޒޯން ލައިސެންސް (ލައިސެންސް ފޮތް) ނަގާފައިވާ ފަރާތްތަކުން 31 އޮގަސްޓް 2025 ގެ ކުރިން ޑިޖިޓަލް ލައިސެންސަށް ބަދަލުކުރުމަށާއި މި ތާރީޚުގެ ފަހުން ބީ ޒޯން ލައިސެންސް ބޭނުންނުކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ. އެހެންކަމުން، މިހާރު ބީ ޒޯން ލައިސެންސް ގެންގުޅުއްވާ ފަރާތްތަކުގެ ލައިސެންސް ޑިޖިޓަލްކުރުމަށްޓަކައި މިމަހުގެ 12 އިން 15 އަށް އަތޮޅު ކައުންސިލުން ގައްދުއަށް ވަޑައިގެން ސިމްސް ޕޯޓަލްގެ ތެރެއިން ތިއަރީ ޓެސްޓް ހެދުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމަށްފަހު މިހާރު ދޫކުރުމުންދާ އޭ ޒޯން ލައިސެންސް ދިނުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، ބީ ޒޯން ލައިސެންސް (ލައިސެންސް ފޮތް) އޮތް ފަރާތްތަކުން ލަސްނުކުރައްވާ، 11 އޮގަސްޓު 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 ގެ ކުރިން ކައުންސިލަށް ގުޅުއްވާ ނަން ނޯޓްކޮށްދެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމަށް 9900297 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

07 އޮގަސްޓް 2024