ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-A/381/2024/1
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި:
15 އޮގަސްޓް 2024 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނިޔަމި- 2 ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.
އިޢުލާން
ނިޔަމި- 2 ކޯހުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން:
މިއިދާރާއާއި މެރިޓައިމް އެކަޑަމީއާއި ގުޅިގެން ނިޔަމި-2 ސެޓްފިކެޓް ކޯހެއް ހިންގުމައްވަނީ ހަމަޖެހިފައެވެ. މިކޯހުގެ މުއްދަތަކީ 1 ހަފްތާއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން 7767438 އަށް މެސެޖް ކުރެއްވުން އެދެމެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 35 ބައިވެރިންނަށެވެ. ކޯހުގެ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ނޯޓް ކުރާ ތަރުތީބުން 35 ބައިވެރިންނަށް ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
07 އޮގަސްޓް 2024