ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
މިއިދާރާގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ފައުންޑޭޝަން ބުޑުއަޅައި ތަބުޖެހުން.
- ވަޅު ތަޅައި މަތީ ޝީޓު އެޅުން.
- ރޭނުމާއި ސިމެންތި ޖެހުން.
- ރަށްވެހިގޭ ބައިގެ ފާރުތަކެއް ތަޅައި ތަން ސާފުކުރުން.
- މަތީބެރި އެޅުން.
- ތަޅުން އެޅުން.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައި 2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2015 ޖޫން 10 ވާ ބުދަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޝަޢުބާން 1436