ބީލަން
ނަންބަރު: (IUL)268/2024/39
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 15 އޮގަސްޓް 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ޖަނާޒާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުން

ޖަނާޒާތަކުގައި ހަރަކާތްތެރިވާނެ ޖަމާޢަތްތެރިން އިތުރުކުރުމުގެ މަޤްޞަދުގައި މިރަށުގައި ޖަނާޒާ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކޯސް ކުރިއަށް ގެންދަން ބޭނުން ވަނީ ކުލާހަށް ހާޒިރު ވެގެން ކުރިއަށްގެންދާ ތިއަރީ ސެޝަންތަކާއި، އަމަލީ ޓްރެއިނިންގ ސެޝަންތަކެއް ހިމެނޭގޮތަށް ފިޒިކަލްކޮށެވެ. އަދި މިކޯސް ވާން ޖެހޭނީ އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 1ގެ ސެޓްފިކެޓް ކޯހަކަށެވެ.

ވީމާ މިކޯސް ހިންގައިދިނުމަށް ޝައުޤުވެރިވާ ކޮލެޖް/އިންސްޓިޓިއުޓުތަކުން 15 އޮގަސްޓް 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ކޯސް ހިންގައިދެވޭނެ އަގާއެކު ހުށައެޅުއްވުން އެދެމެވެ.

ޕޮއިންޓް ދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

އަގު

އެންމެ ކުޑައަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް، ފްރެކްޝަން އުސޫލުން

90

ތަޖުރިބާ

މި ދާއިރާއާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ ތަޖުރިބާގެ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް ލިބޭނެއެވެ. މިގޮތުން އެންމެ ގިނައިން މާކްސް ދެވޭނީ ހުށަހަޅާފައިވާ ތަޖުރިބާގެ 5 ލިޔުމަށެވެ. އަދި މިލިޔުންތަކަކީ ވެތުވެދިޔަ 5 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ދީފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.

10

 

ޖުމްލަ

100

       

އަގު ހުށައަޅާއިރު ތިރީގައިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.

-          ކޮލެޖް/ އިންސްޓިޓިއުޓުގެ ރަޖިސްޓަރީގެ ކޮޕީ

-          ތަޖުރިބާ އަންގައިދޭ ލިޔުންތައް

އިތުރު މައުލޫމާތު ހޯއްދެވުމަށް  6520042 އާ ގުޅުއްވުން އެދެމެވެ. ކޯސް ހިންގުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހުރުމާއި ކެއުން އަދި ދަތުރު ޚަރަދު ކައުންސިލުން ހަމަޖައްސައިދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 އޮގަސްޓް 2024