ދިވެހިރާއްޖެ
|
ނަންބަރު (IUL)386/386/2024/56 :
އިޢުލާން
ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ދިނުމަށް އާރުއޯ ވޯޓާރ ޕިއުރިފަޔަރ ޕުލާންޓު ދޫކުރުން
ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ދިނުމަށާއި ސިންގަލް ޔޫސް ޕުލާސްޓިކު މަދުކުރުމުގެ މަގުސަދުގައި މި އަހަރުތެރޭގައި މިރަށުގެ 40 ގެއަކަށް ކުރެޑިޓް ސުކީމެއްގެ ދަށުން އާރުއޯ ވޯޓާރ ޕިއުރިފަޔަރ ޕުލާންޓު ދޫކުރުމަށް 26 މާރިޗު 2024 ގައި ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 14 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި އަދުން ފެށިގެން 11 އޮގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ޢާއިޝަތު ސުދާ (9789966 ) އަށް ގުޅުއްވައިގެން ނަންނޯޓްކުރުމަށް ދަންނަވަމެވެއަދި ޚިދުމަތަށް އެދި ހުށަހަޅާ ފޯމު ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކުރިން ނަންނޯޓު ކުރައްވާފައި ތިބި ފަރާތްތަށް އަލުން ނަންނޯޓު ކުރުމަށް ނުވަތަ ފޯމުފުރަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 މުޙައްރަމް 1446
5 އޮގަސްޓް 2024