މަސައްކަތް
ނަންބަރު: (IUL)232-AG/232/2015/37
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 04 ޖޫން 2015 10:30
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޭމްޕަކާއި ތަޅުމެއް ކޮންކުރީޓުން އަޅައިދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާގެ ނަންބަރު IUL)232-AG/232/2015/35)ފ(04 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިއިދާރާއިން ދޭ މިންގަނޑުތަކަށް ފެތޭގޮތަށް އަމިއްލަ ތަކެތީގައި ރޭމްޕަކާއި ތަޅުމެއް ކޮންކުރީޓުން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 09 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

10 ޝަޢުބާން 1436

28 މޭ 2015