ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2024/29
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 15 އޮގަސްޓް 2024 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުން

             މިރަށުގައި ދިރިއުޅޭ ޖަމާޢަތްތެރިންނަށް މި ކައުންސިލްގެ ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެވޭނީ ޖަމާޢަތްތެރިކަމުގެ ސަނަދު އޮތް ފަރާތްތަކަށެވެ. ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަން ވާނެއެވެ.

-         ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު

-         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-         ޖަމާޢަތްތެރި ކަމުގެ ސަނަދު

             އެހެންކަމުން މި އިދާރާގެ ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ޖަމާޢަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެއްޗާ އެކު 15 އޯގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. 

                         ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2024