ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ESMSC/456/2024/48
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 21 އޮގަސްޓް 2024 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

                     މިރަށު ބޮޑުތަކުރުފާނުމަގު (ބޮޑުމަގު) ގެ ދެކުނު ކޮޅުން ގަބުރުސްތާނުގެ ދެކުނުން އޮތް މަގާއި އިންވެގެން ދެކުނުން ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާއި، ވިޔަފާރި ކުރުމަށް 4000 (ހަތަރުހާސް) އަކަފޫޓުގެ ބިމެއް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

                ވީމާ، މިކަމަށް ޝަރުތުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުން ފެށިގެން 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީ ދެއްކި ސްލިޕާއެކު، މި އިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 15 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 މިއިދާރާގައެވެ.  މައުލޫމާތު ދިނުމުގެ މި ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޮގަސްޓް 2024 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

             މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 15 އޮގަސްޓް 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                       ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

06 އޮގަސްޓް 2024