މަސައްކަތް
ނަންބަރު: 401-IUL(AD)/2015/33
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 03 ޖޫން 2015 14:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގެ ޕާކުގެ ވަށާފާރު ރޭނުން

ހައްދުންމަތީ ބޮޑުމަގު ފުޅާކުރުމުގެ ގޮތުން ތަޅާލާފައިވާ މިރަށު ބަނދަރު ސަރަޙައްދުގައި އޮންނަ 02 ޕާކުގެ ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ IUL(AD)/2015-ފ401 (07 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އަދި މިކައުންސިލުން ފޯރުކޮށްދެވިފައިވާ މަޢުލޫމާތުގައި މައްސަލަ އުޅޭކަން ފާހަގަކުރެވޭތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން މިމސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

    - މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 03 ޖޫން 2015 (ބުދަ) ދުވަހުގެ 14:30 ގައި މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

  • އަންދާސީހިސާބު ހުށަހެޅުން

    - އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖޫން 2015 (އަންގާރަ) ދުވަހުގެ 14:30 އަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

10 ޝަޢުބާން 1436

28 މޭ 2015