މަސައްކަތް
ނަންބަރު: (IUL)P2C/2015/21
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 03 ޖޫން 2015 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތުގެ ބޭރުގައާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުގެ ޢިމާރާތުގެ ބޭރުގައާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 2015/14/IUL)P2C)ފ(09 އެޕްރީލް 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގައި މައްސަލަތަކެއް ދިމާވެފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

12 ޝަޢުބާން 1436

30 މޭ 2015