ކުއްޔަށް ދިނުން
ނަންބަރު: (IUL)391-EM/391/2024/51
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 18 އޮގަސްޓް 2024 10:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ބާ އޮފީސް އާއި އެބިމުގައިވާ އެންމެހާ އިމާރާތްތައް ކުއްޔަށް ދިނުން

މި އިޢުލާންވަނީ 08 އޮގަސްޓް 2024 09:03 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ ތިރީގައި މިދަންނަވާ އިމާރާތް 05 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

#

ކުއްޔަށް ދޫކުރާތަނުގެ ނަން

ހުށަހެޅޭނޭ އެންމެ ކުޑައަގު

ކުއްޔަށް ދޫކުރާ ތަނުގެ ބޮޑުމިން (އަކަފޫޓުން)

1

ބާ އޮފީސް

-/5000 ރުފިޔާ

7918

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ބީލަން ބަލައިގަތުން އަދި ހުޅުވުން

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަދި  ބީލަންތައް ހުޅުވުން އޮންނާނީ 18 އޮގަސްޓް 2024 ވާ އާދިއްތަދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔުންތައް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަންބަރު، އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2024

05 އޮގަސްޓް 2024