ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2024/93
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 15 އޮގަސްޓް 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކުލީބިން ދޫކުރުމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމާއި ގުޅޭ

ޢިއުލާން

 

ވަގުތީ ކުލީބިން ދޫކުރުމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމާއި ގުޅޭ

    ސިނާއީ ސަރަޙަދުން ވަގުތީ ކުލީ ބިން ދޫކުރުމަށް ނިންމާފައިވާތީ، މިއިދާރައިގެ ބިމާއި ގުޅޭ އުޞޫލަށް ވަގުތީ ކުލީބިން ދޫކުރުމަށްޓަކައި ތިރީގައިވާ އިސްލާހުތަށް ގެނައުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭނުންވެއެވެ.

ވަގުތީ ބިން އެންމެ ގިނަވެގެން ދޫކުރެވޭނެ މުއްދަތު:

2 އަހަރު

އަކަފޫޓަކަށް ނެގޭ ވަރު:  

0.60 ލާރި

ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ:

2 މަސްދުވަހުގެ ކުލި

ވަގުތީ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް:

ވަގުތީ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ވަގުތީ ބިމަށްއެދި ހުށަހަޅާ ތަރުތީބުން، ބިން ދޫކުރުމަށް ކަނޑައެޅިފައިވާ 10000 އަކަފޫޓްގެ ސަރަޙައްދުން ޖާގަލިބޭ މިންވަރަކަށެވެ. އަދި ބިން ދޫކުރެވޭނީ އުޅަނދުގެ ބޮޑުމިނަށް ނުވަތަ އެފަރާތަކުން ހުށަހަޅާފައިވާ އަކަފޫޓްގެ ބޮޑުމިނަކަށެވެ.

  

     ވީމާ، ވަގުތީ ކުލީބިން މިދެންނެވުނު އުސޫލުތަކުގެ މަތިން ދޫކުރުމާއި މެދު ރައްޔިތުންގެ ޚިޔާލެއް އޮތްނަމަ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ކުރިން ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 އޮގަސްޓް 2024