މަސައްކަތް
ނަންބަރު: (IUL)263/263/2024/44
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 12 އޮގަސްޓް 2024 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާރސް ލޭޒާ އާރު.ޓީ.ކޭ ސާރވޭ ސިސްޓަމެއް މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، މާރސް ލޭޒާ އާރު.ޓީ.ކޭ ސާރވޭ ސިސްޓަމެއް މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 05 އޮގަސްޓް 2024 ން 12 އޮގަސްޓް 2024 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 އޮގަސްޓް 2024 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 އޮގަސްޓް 2024 ވަނަ ދުވަހުގެ 10:30 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

  • ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
  • ފޯން:  6520041
  • އީމެއިލް: [email protected]

 

                   ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

05 އޮގަސްޓް 2024