މަސައްކަތް
ނަންބަރު: HDC (161)-A/IU/2015/54
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 04 ޖޫން 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
3 ސައިޓެއްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ 3 ސައިޓެއްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ޖޫން 2015 ވާ ދުވަހުގެ 14:30އަށް މިކޯޕަރޭޝަންގެ މައިއޮފީސް (އެޗް.ޑީ.ސީ ބިލްޑިންގގެ 3 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖޫން 2015 ވާ ދުވަހުގެ 14:30 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: http://hdc.com.mv/announcements

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355142 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

14 ޝަޢުބާން 1436

01 ޖޫން 2015