ދިވެހިރާއްޖެ
އިޢުލާން
ސިޓީލާ ނީލަމުގައި މި ހޮސްޕިޓަލުގެ ދޯނި ވިއްކާލުމާގުޅޭ.
މި ހޮސްޕިޓަލުގައި ކުރިން ބޭނުން ކޮއްފައިވާ އަމާނީ ދޯނި ރަޖިސްޓްރީ ނަންބަރ G6509A-02 (10-T) ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި އިއުލާން ނަންބަރު (IUL)O6-GRH-OU-05311/INDIV/2024/5 އަށް އެއްވެސްފަރާތަކުން ހުށައަޅާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. މި ފަހަރު ނީލަން ފެށޭ އަގަކީ 150000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ އެވެ. އަދި ނީލަމުގައި ކޮންމެ ފަހަރަކުވެސް އިތުރު ކުރެވޭނީ މަދުވެގެން 5000 (ފަސްހާސް) ރުފިޔާ އެވެ. މި ދޯނި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ އަގު ބަޔާންކޮށް 8 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީދުވަސްތަކުގެ 13:00ގެ ކުރިން މި ހޮސްޕިޓަލަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.
ކޮންމެ ދުވަހެއްގައި ހުށައަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00ގެ ފަހުން މި ހޮސްޕިޓަލުގެ https://www.facebook.com/GRHMV ފޭސްބުކުޕޭޖްގައި އާންމު ކުރެވޭނެވެ. ނީލަމަށް ހުޅުވާލާތާ 7 (ހަތެއް) ދުވަސް ތެރޭގައި ޖެހިޖެހިގެން ރަސްމީ 3 (ތިނެއް) ދުވަސް އެއް އަގެއް ހުށައެޅިފައި ވާނަމަ އެފަރާތަކަށް ނީލަން ކާމިޔާބު ވާނެއެވެ. އެއް އަގެއް ދެފަރާތަކުން ހުށައަޅާފައި ވާނަމަ އާންމު ކުރެވޭނީ ފުރަތަމަ ހުށައެޅި ފަރާތުގެ އަގެވެ. ނީލަން ކާމިޔާބު ވިކަން އަންގާތާ ރަސްމީ 5 (ފަހެއް) ދުވަސް ތެރޭގައި ފައިސާ ދައްކާ ޚަލާސްކޮށް އަދި ދޯނި އާއި ހަވާލުވާން ވާނެއެވެ.
ނީލަމުގައި ބައިވެރިވެ ފުރަތަމަ ސިޓީ ފޮނުވާއިރު ނީލަމުގައި ބައިވެރިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، ދިރިއުޅޭ އެޑްރެސް، އައިޑީކާޑް ނަންބަރު އަދި ފޯން ނަންބަރު ސިޓީގައި ހިމަނަންވާނެއެވެ. އަދި ސިޓީއާއި އެކު އައިޑީކާޑް ގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައަޅަންވާނެވެ. މި ދޯނިގެ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި މި ހޮސްޕިޓަލުގެ 6809002، ނަމްބަރަށް ގުޅުއްވުން އެދެމެވެ.