މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2024/19
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި:
15 އޮގަސްޓް 2024 10:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އޭ-ޒޯން ލައިސަންސް ޓްރެކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އޭ-ޒޯން ލައިސަންސް ޓްރެކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ފ.ފީއަލީ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އޭ-ޒޯން ލައިސަންސް ޓްރެކްގެ މަސައްކަތް މި އިޢުލާނާއި އެކުގައި ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ދެވޭ އެންމެ ފަހު މުއްދަތަކީ 11 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 11:00 ނިޔަލަށެވެ. އެގޮތުން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިއިދާރާގެ އީމެއިލް އެޑްރެހަށް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހަވާލްކުރަންވާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 10:45 ގެ ކުރިން، [email protected] އަށެވެ. އަދި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ގުޅުއްވާނީ 7666594 އަށެވެ.
- ބިޑް ހުޅުވުން އޮންނާނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
05 އޮގަސްޓް 2024
1 B 1446
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް
05 އޮގަސްޓް 2024