ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2024/234
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 11 އޮގަސްޓް 2024 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ - ބަސް

މަޤާމު:

ޑްރައިވަރ

ބޭނުންވާ އަދަދު:

04

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

3470.00 ރުފިޔާ.

ސަރވިސް އެލަވަންސް:

3530.00 ރުފިޔާ.

އިތުރުގަޑި:

2910.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލޭ ސިޓީ ކައުންސިލްގެ ބަސް ދުއްވޭފަދަ ޙާލަތެއްގައި އޮތްތޯ ޗެކްކުރުން.
  2. މާލޭ ސިޓީ ކައުންސިލްގެ ބަސް ދުއްވުމަށް ރެޑީކުރުން. ( ޕެޓްރޯލް، އަޑީތެޔޮ ހުރިތޯ ބެލުން)
  3. ޕެޓްރޯލާއި އަޑީތެޔޮ އަޅަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެ މަސައްކަތްކުރުން.  
  4. އުޅަނދަށް ލިބޭ ގެއްލުންތަށް ވަގުތުން ސްޕްވައިޒަރަށް ރިޕޯޓްކުރުން.
  5. އުޅަނދު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  6. އެއްގަމު އުޅަނދު ދުއްވުމުގައި އެ ހިނދަކަށް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކާއެއްގޮތަށް ޢަމަލުކުރުން.
  7. އުޅަނދުގެ ތަޅުދަނޑި ރައްކާތެރިކަމާއެކު ގެންގުޅުން ނުވަތަ އެހިދަކަށް ސްޕަވައިޒަރު އަންގާގޮތެއްގެމަތީން ތަޅުދަނޑިއާދޭތެރޭ ޢަމަލުކުރުން
  8. އުޅަނދުގެ އަހަރީފީއާއި ރޯޑްވާދިނަސް އަދި އިންސުއަރެންސް މުއްދަތު ހަމަވޭތޯ ބަލައި ސްޕްވައިޒަރަށް ރިޕޯޓްކުރުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  10. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. އަސާސީ ތަޢުލީމީ ފެންވަރު.
  2. އެއްގަމު އުޅަނދު ދުއްވުމުގެ BO ކެޓަގަރީގެ މާލޭ އޭރިޔާގެ ލައިސަންސް އޮތުން.

އެހެނިހެން ޝަރުތު

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

   7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  11 އޮގސްޓް 2024 ގެ 14:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                     26 މުޙައްރަމް 1446
05 އޮގަސްޓް 2024