ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2024/66
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 12 އޮގަސްޓް 2024 12:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ބަނދަރުން ފައްތިޔާ ދޫކުރުމާއިގުޅޭ.

               ހއ. ކެލާގައި ކަނޑު އުޅަނދު ގެންގުޅުއްވާ ފަރާތްތަކުން ހއ.ކެލާ ބަނދަރުން ފައްތިޔާ  ބޭނުންފުޅުވެލައްވާނަމަ ކެލާ ބަނދަރުން ފައްތިޔާއަށް އެދޭ ފޯމް މި އިދަރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.                            

ޝަރުތު:

- ފައްތިޔާ ދޫކުރުމަށް ހަމަޖެހިފައިވާނީ ހއ. ކެލާގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް އެކަންޏެވެ.

               ވީމާ، ބަނދަރުން ފައްތިޔާ ބޭނުންފުޅުވެލައްވާ ފަރާތްތަކުން 12 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

05 އޮގަސްޓް 2024