މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/34
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 04 ޖޫން 2015 11:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'ކައުންޓް ޑައުން ކްލޮކް'އެއް ބެހެއްޓުމަށް

އަންދާސީހިސާބު ބެނުންވެއްޖެ

ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރުކަމަށްވުމުން، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމިފައެވެ. އެގޮތުން މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށްޓަކައި، "ކައުންޓް ޑައުން ކްލޮކް" އެއް ބެހެއްޓުމަށް ބޭނުންވެގެން ކުރެވުނު މި ކޯޕަރޭޝަންގެ ނަންބަރު IUL)MMPRC-HAS/1/2015/25) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 16ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 ޝަޢުބާން 1436

01 ޖޫން 2015