ދެންނެވުން
ނަންބަރު: (IUL)245-MIM/245/2024/65
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 13 އޮގަސްޓް 2024 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ

      2024 ވަނަ އަހަރުގެ މި ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ އަވަށުގެ ބައެއް މަގުތައް އަވަށާ ގުޅޭގޮތަށް ރަށުގެ އިރުމަތީ ފަރާތަށް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން މިރަށުގެ ޒިޔާރަތްމަގު ރަށުގެ އިރުމަތީ ފަރާތަށް ބޮޑުކުރުމުގެ މަސައްކަތް ފެށުމަށްބޭނުންވާތީ، ޒިޔާރަތްމަގުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

      ވީމާ، މި ދެންނެވި ބިމުގައި މި އިދާރާއިން ލިޔުމަކުން ހުއްދަ ލިބިގެން އެއްވެސް ފަރާތަކުން އިންދާފައިވާ އެފަރާތެއްގެ އަމިއްލަ ރުއްގަސް ހުރިނަމަ، ރުއްގަހުގެ ބާވަތާއި ޖަހާފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނެގޮތަށް 2024 އޮގަސްޓް 13 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މިބިމުގައި ހުރި ރުއްގަހުގައި މި އިދާރާއިން ވާނީ 1 އިން 125 އަށް ރަތް ކުލައިން ނަންބަރު ޖަހާފައެވެ.

      މި އިދާރާގައި ރަޖިސްޓްރީ ކޮށްފައި ނެތް ރުއްގަހަކީ އަމިއްލަ މީހުންގެ ރުއްގަސް ކަމުގައި ނުބެލެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށްފައި ނުވާނަމަ، އެބިމުގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ނެތީކަމުގައި ބެލެވޭނެ ވާހަކަވެސް ދަންނަވަމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 އޮގަސްޓް 2024