މަސައްކަތް
ނަންބަރު: (IUL)320-FNP/320/2024/98
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 11 އޮގަސްޓް 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށި މަލްޓިޕާޕަސް އިމާރާތުގެ ޖަލްސާ ކުރާ ހޯލަށް ބޭނުންވާ އެއާ ކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެށް ހޯދުމާއިގުޅޭ

ބ.އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ޖަލްސާކުރާ ހޯލަށް ބޭނުންވާ އެއާ ކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސަޕްލައި ކޮށްދިނުމަށް ބޭނުންވާ އޭ.ސީގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

  1. 36000 ބީޓީޔޫ ގެ ސީލިންގ މައުންޓް 5 (ފަހެއް) އޭ.ސީ
  2. 2.       އަގު ހުށަހަޅަންވާނީ ބ.އޭދަފުށި މަލްޓިޕާޕަސް އިމާރާތުގެ ހޯލާއިހަމައަށްތަކެތި ފޯރުކޮށްދިނުމާއި އެކުގައެވެ. މީގެ ތެރޭގައި ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާނަގާނީ ތަކެތި ސަޕްލައި ކުރާފަރާތުންނެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05 އޮގަސްޓް 2024 (ހޯމަ) ދުވަހުން ފެށިގެން 11 އޮގަސްޓް 2024 ވާ (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމައަށް އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ދަންނަވަމެވެ.

ލިންކް:https://forms.gle/bxJz8GhedJehsLCM9

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (80 ޕޮއިންޓް)

 

  • ހުށަހެޅި އެންމެ ހެޔޮ އަގު / ހުށަހެޅި އަގު x 80 (އަގަށް މާކްސް ދޭނީ ހުށަހޅާފައިވާ އެންމެ ކުޑަ އަގަށް ފުލް ޕޮއިންޓް ލިބޭ ގޮތަށް ފްރެކްޝަން އުޞޫލުންނެވެ)

2

މަސައްކަތަށް ހުށަހަޅާ މުއްދަތު: (10 ޕޮއިންޓް)

 

  • މުއްދަތަށް ޕޮއިންޓް ދޭނީ އެންމެ ކުޑަ މުއްދަތު ހުށަހަޅާ ފަރާތަކަށް ފުލް ޕޮއިންޓްދީ އެނިސްބަތަށް ބަލައި ދެން ހުށަހަޅާ މުއްދަތަކަށް ޕޮއިންޓް ލިބޭގޮތަށް ފްރެކްޝަން އުޞޫލުންނެވެ.
  • ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x 10

3

ތަޖުރިބާއަށް ޕޮއިންޓް ދޭނެ ގޮތް (10 ޕޮއިންޓް)

 

  • އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ މަސައްކަތްކޮށް އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮގަސްޓް 12 ވާ  ހޯމަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 އޮގަސްޓް 2024