ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)312-F N/312/2024/46
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 13 އޮގަސްޓް 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިކައުންސިލް އިދާރާއިން ހަވާލުކުރާ އެކިއެކި މަސައްކަތް ކުރުމަށް ވަގުތީ މަސައްކަތު މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ވަގުތީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއިމަންޓް)

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއަރޒް

އުޖޫރަ

އުޖޫރަ މަސައްކަތް ކުރާ ގަޑިއިރަކަށް 62.50ރ (ފަސްދޮޅަސް ދެރުފިޔާ ފަންސާސްލާރި)

މަސައްކަތު ގަޑި

އެމަސައްކަތަށް ކަނޑައަޅައި ގަޑި

ބޭނުންވާ ޢަދަދު:

8 (އަށެއް)

މަގާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ކިނޮޅަހު ކައުންސިލްގެ އިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެ އެވެ.)

2.     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.     ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކަނޑައަޅާ މަސައްކަތެއްކޮށް ނިންމުން.

2.     ސެކްރަޓަރީ ޖެނެރަލްގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތްކުރުން.

3.     ހަވާލުކުރާ މަސައްކަތުން ލިބޭ ގެއްލުންތަކައި ފާހަގަވާ އެހެނިހެން މައްސަލަތައް ލަސްނުކޮށް ކައުންސިލަށް ނުވަތަ މަސައްކަތާއި ހަވާލުވެގެން ހުންނެވި މުވައްޒަފާ ހިއްސާކުރުން.

4.     ހަވާލުކުރެވޭ މަސައްކަތް އިހްލާސްތެރިކަމައި ޤަވައިދުގެ ތެރެއިން ކޮށް ނިންމުމާއި މަސައްކަތު ފެންވަރު ހިފަހެއްޓުން.

5.     ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން (ތަން ތަން ރޭނުން، މުށިޖެހުން، ކުލަލުން، ގައު އެޅުން، ވެލްޑިންކުރުން، ގަސްކޮށުން، ކާޕެންޓްރީ، އިލެކްޓްރިކް، އައިޓީ ފަދަ).

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.     މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖްރިބާ

2.     އިންޓަވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00  ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. އީމެއިލްގެ ޒަރިއްޔާއިންނަމަ [email protected] އަށެވެ.

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމައެވެ. އެގޮތުން ބޭއްވޭ އިންޓަވިއު އޮންނާނީ 2024 އޮގަސްޓް 14 އާ 22 އާ ދެމެދު،  ރ. ކިނޮޅަހު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000312 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 
05 އޮގަސްޓް 2024